Monday, November 9
ކަޅުއޮށްފުންމި ފަށަން ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކޮށްފި

ދިވެހިޤައުމިއްޔަތުގެ އިސްވާރުންގެ ފަރާތުން ރާއްވަވާ އިންތިޒާމް ކުރައްވާ ތަމްރީންވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް "ކަޅުއޮށްފުންމި ފަށަން" ސިލްސިލާ ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

"ފަށަން" ޕްރޮގްރާމް ފެށުމަށް މިއަދު ވަނީ އިސްވަރު އޮފީހުގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު،  އާދަމް ނަޞީރު އިބްރާހީމެވެ. ވަޒީރުގެ އަރިހުގައި ދިވެހި ޤައުމިއްޔަތުގެ އިސްވާރުން ބައިވެރިވެވަޑައިގަތެވެ.

މި ތަމްރީން ޕްރޮގްރާމަކީ ދިވެހި ޤައުމިއްޔަތުގެ ބަހާތަކުގެ ދާއިރާއިން މަޢުލޫމާތާއި ހުނަރު ދަސްކޮށްދީ އެމައުލޫމާތުތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް މީހުން ތަމްރީން ކުރުމުގެ ފުރަތަމަ ބުރެވެ. ފަށަނުގެ ފުރަތަމަ ބުރު ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ތިން މަސް ދުވަހުގެ މުއްދަތަށް ކަމަށް ދިވެހިބަހާއި ތަކިކައާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

މި ރަސްމިއްޔާތު ޝަފަރުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ބަހާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރަހީމް ވިދާޅުވީ، ދިވެހިވަންތަކަމުގެ ކޮންމެ ބަހާއެއް ވެސް އޮތީ މުހިންމު ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭ ހާލަތެއްގައިކަމަށެވެ.

"ފަށަން" މި ޕްރޮގްރާމުން ދިވެހިވަންތަކަމުގެ ރޮނގުތަކަށް ފަންނުވެރި،  އިސްވެ ހަރަކާތްތެރި ވާނޭ އެތައް ޒުވާނުންނެއް ބިނާ ކުރެވޭނެ ކަމަށް ޤަބޫލުފުޅު ކުރައްވާކަން ވެސް ވަޒީރު ފާހަގަކުރައްވައެވެ.

މި ޕްރޮގްރާމްގައި ތަމްރީނުވެރިން ތަމްރީން ކުރައްވާނީ ދިވެހި ޤައުމިއްޔަތުގެ އިސްވާރުންނެވެ. ތަމްރީން ދެވޭ ދާއިރާތަކަކީ ދިވެހިބަހުގެ ދާއިރާ, ދިވެހި ތާރީޚުގެ ދާއިރާ, ދިވެހި ފަންނުގެ ދާއިރާ, އަދި ދިވެހި ޖިއޮގުރަފީއާއި،  ދިވެހި ސުމޭކުގެ ( ޑިޖިޓަލް ) ދާއިރާއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު