Monday, November 9
ރެހެންދި ސްކޫލްގައި މަދިރި ކޮންޓްރޯލް ކުރުމާ ބެހޭ ސެޝަނެއް ކުރިއަށް ގެންގޮސްފި

މަދިރިއިން ފެތުރޭ ބަލިތަކާއިމެދު ހޭލުންތެރިކުރުމަށް ރެހެންދި ސްކޫލުގައި ހޭލުންތެރިކުރުމުގެ ސެޝަންއެއް އެޗްޕީއޭއިން ކުރިއަށް ގެންގޮއްސިއެވެ.

މަދިރިން ފެތުރޭ ބަލިތަކާއި މެދު ދަރިވަރުންނާއި ޓީޗަރުން ހޭލުންތެރި ކުރުމަށް އެޗްޕީއޭ އިން އިސްނަގައިގެން ރެހެންދި ސްކޫލުގެ ތިމާވެށި ކްލަބްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހޭލުންތެރިކަމުގެ ސެޝަންއެއް މެއި މަހުގެ 11 ވަނަ ދުވަހުއެވެ.

މި ސެޝަންގައި 50 ދަރިވަރުންނާއި ކްލަބް ޓީޗަރުން ބައިވެރިވި މި ސެޝަންގެ މަގުސަދަކީ ޑެންގީ އާއި ޗިކަންގުނިއާ ފަދަ މަދިރިން ޖެހޭ ބަލިތަކުން ރައްކާތެރިވުމާއި މަދިރި އުފެދި އާލާވާ ތަންތަން ނައްތާލާ މަދިރި ކޮންޓްރޯލް ކުރުމާ ބެހޭ ގޮތުން ހޭލުންތެރިކުރުވުމެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ރެހެންދި ސްކޫލް ގުޅިގެން އިންތިޒާމްކުރި މި ސެޝަންގައި މަދިރީގެ ލައިފް ސައިކަލް، މަދިރިން ރައްކާތެރިވުމުގެ ގޮތްތަކާއި، މަދިރި އާލާވާ ތަންތަން ނައްތާލާނެ ގޮތްތައް ހިމެނޭ ގޮތަށް މުހިންމު މައުލޫމާތު ވަނީ ހިއްސާކުރެވިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު