ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް، އެލިނޯ ހަމަރޝޯލްޑްއަކީ އ.ދ.ގެ ޤާނޫނީ ކަންކަމާ ބެހޭ އަންޑަރ ސެކްރެޓަރީ ޖެނެރަލް އަދި ލީގަލް ކައުންސެލް، އެލިނޯ ހަމަރޝޯލްޑް އާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި، އޯޝަން އެފެއާޒް އަދި ލޯ އޮފް ދަ ސީގެ ޑިވިޝަންގެ އިސް ވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ޑިވިޝަނުން މިހާރު ވަނީ ބީބީއެންޖޭ (BBNJ) އެއްބަސްވުމުގެ ވަގުތީ ސެކްރެޓޭރިއެޓްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.
މި ބައްދަލުވުމުގައި ވަނީ ބީބީއެންޖޭ އެއްބަސްވުން ޤައުމީ ފެންވަރުގައި ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަމާއި، ޚާއްޞަކޮށް ކުދި ޖަޒީރާ ޤައުމުތަކަށް ލިބެންހުރި ޤާބިލުކަން އިތުރުކުރުމުގެ ފުރުޞަތުތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޠާރިޤު ވިދާޅުވީ ދިވެހިރާއްޖެއަކީ ކަނޑުގެ ވަސީލަތްތަކަށް ބަރޯސާވާ ޤައުމަކަށް ވުމާއެކު، ބީބީއެންޖޭ އެއްބަސްވުން ތަންފީޒުކުރުމަކީ ރާއްޖެއަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އަދި މިކަމުގައި އ.ދ.ގެ އެހީތެރިކަން ލިބުމަކީ ރާއްޖެއިން އުފަލާއެކު ބަލައިގަންނަ ކަމެއް ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.
ބީބީއެންޖޭ އެއްބަސްވުމަކީ ޤައުމީ އިޚްތިޞާޞްގެ ބޭރުގައިވާ ކަނޑުގެ ދިރުންތަކުގެ ދެމެހެއްޓެނިވި ބޭނުންކުރުމާއި ޙިމާޔަތްކުރުމާ ގުޅޭ ބައިނަލްއަޤްވާމީ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ސަބަބުން ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް، އޭގެ މަންފާ ހަމަހަމަކަމާއެކު ބެހިގެންދާނެ ކަމަށް ބެލެވޭ ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުންޏެވެ.
މި ލިޔުން ކިޔާލުމުން