އާދިއްތަ, November 15
ވިލިމާލެ ފެރީ ޓާމިނަލުގެ ޓިނުގަނޑު ނަގާލައި އެތަނުން ވައްކަން ކޮށްފި

ވިލިމާލެ ފެރީ ޓާމިނަލުގައި ހިންގާ ފިހާރައިން ވައްކަން ކޮށްފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މާލޭގައި ހުންނަ އެމްޓީސީސީ ވިލިމާލެ ފެރީ ޓާމިނަލްގައި ހިންގާ ފިހާރައިން ވައްކަން ކޮށްފައިވާ މައްސަލައެއް އިއްޔެ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިގޮތުން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ ފިހާރައިން ވައްކަން ކޮށްފައިވަނީ ހުކުރު ވަގުތަށް ބަންދުކޮށްފައި ހުއްޓައި، އެ ތަނުގެ ޓިނު ނަގައިގެން ވަދެ ކަމަށާއި، އެ ފިހާރައިން ފޯނަކާއި ފައިސާ ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު