Monday, November 9
އެޑިޔުކޭޝަން އާއި ވެލްނަސް އެކްސްޕޯ ފަށައިފި
މަތީތަޢުލީމާއި ތަމްރީނު އަދި ވެލްނަސްދާއިރާގެ 200 އަށްވުރެ ގިނަ ފުރުސަތާއެކު މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ވެލްނަސް އެކްސްޕޯ ފަށައިފިއެވެ. މި އެކްސްޕޯ ހުޅުވައި ދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދުއެވެ. މިއެކްސްޕޯގައި މަތީތަޢުލީމު ފޯރުކޮށްދޭ ރާއްޖޭގެ ޔުނިވަރސިޓީތަކާއި، ކޮލެޖްތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ އޮސްޓްރޭލިއާ، ޔޫކޭ، މެލޭޝިއާ، ސްރީލަންކާ، އިންޑިއާ އަދި ފިލިޕިންސްގެ ފާހަގަކޮށްލެވޭ ޔުނިވަރސިޓީތަކާއި މަތީތަޢުލީމު ފޯރުކޮށްދޭ ބައެއް ފަރާތްތަކުން ބައިވެރިވެއެވެ. މިމަހުގެ 15ވަނަ ދުވަހުގެ ނިއަލަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކުރިއަށްދާ މިއެކްސްޕޯ ހުޅުވިފައި ހުންނާނީ ހަވީރު 3:00 އިން ރޭގަނޑު 10:00ޖެހުމާއި ހަމައަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު