Monday, November 9
ލޭ ހަދިޔާކުރާމީހުންގެ ދުވަސް ފާހަގަކުރުމަށް ހިނގާލުމެއް ބާއްވައިފި

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ލޭހަދިޔާކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ހުޅުމާލޭގައި ޚާއްޞަ ހިނގާލުމެއް ބާއްވައިފިއެވެ.

ހުޅުމާލޭ ފޭސް 2 ގައި ކުރިއަށްދިޔަ މިހިނގާލުމަކީ މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްނެގުމާއެކު، ހެލްތު މިނިސްޓްރީ އާއި މާލެ ސަރަޙައްދުގެ ހުރިހާ ހޮސްޕިޓަލްތަކާއި، އެހެނިހެން ޖަމްޢިއްޔާތަކުން ބައިވެރިވެގެން ކުރިއަށްގެންދިޔަ ހިނގާލުމެކެވެ.

މިހިނގާލުމުގައި ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޠިމް އިބްރާހިމް ބައިވެރިވެވަަޑައިގެންނެވިއެވެ.

މި ހިންގާލުމުގެ ބައިވެރިން ވަނީ ލޭ ހަދިޔާކުރާމީހުންގެ އަގުވަޒަންކުރުމުގެ ގޮތުން ވަނީ ބެނަރތަކާއި ބޯޑުތައް ހިފައިގެން ޝުޢޫރު ފާޅުކޮށްފައެވެ.

ކޮންމެ އަހަރެއްގެ ޖޫންމަހުގެ 14 ވަނަ ދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރަކީ، "ގިވް ބްލަޑް، ގިވް ހޯޕް، ޓުގެދާ ވީ ސޭވް ލައިވްސް" މިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު