Saturday, October 31
ޑައިވިންގ އަށް ފޭބި ޖަޕާންގެ ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ

ކ. މާފުށި ކައިރިން ޑައިވިންގ އަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މިގޮތުން މި ހާދިސާގައި މަރުވެފައި އޮއްވާ ފެނުނީ ޖަޕާންގެ ފަތުރުވެރިއެކެވެ.

މާފުށީ ކައިރީ އޮންނަ ކަނޑޫމާ ތިލަ ކައިރިޔަށް، މިއަދު ހެނދުނު ޑައިވިނަށް ފޭބި ޖަޕާނުގެ ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ފަށާފައިވަނީ މިއަދު މެންދުރުފަހުއެވެ.

މިގޮތުން އެމްއެންޑީއެފުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް މަރުވެފައި އޮއްވާ ފެނިގެން މިއަދު 17:17 ހާއިރު ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު