Monday, November 9
މަޖީދީ މަގުން 42 ވެހިކަލް ޓޯ ކޮށްފި

މަޖީދީ މަގުގައި ޕާރކް ކުރާ ވެހިކަލް ޓޯވް ކުރަން އިއްޔެ ފަށާ، 42 ވެހިކަލް ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. އެއީ ދެ ފޮރުޅީ 37 ވެހިކަލާއި ހަތަރު ފުރޮޅުލީ ފަސް ވެހިކަލް ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

މަޖީދީމަގުގައި އާންމު ދަތުރުފަތުރަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާދަށް ޕާކުކުރާ ވެހިކަލްތައް ޓޯ ކުރާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ވެހިކަލްތައް ޓޯ ކުރަން ފެށީ އިއްޔެއެވެ.

ފުލުހުން ރޭ އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ މަޖީދީ މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އެގޮތަށް ޕާކް ކޮށްފައިވާ އުޅަނދު ދުއްވި މީހަކާމެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ. އަދި ބުނީ މިގޮތަށް ޓޯ ކުރެވޭ އުޅަނދުތައް ދޫކުރާނީ 48 ގަޑިއިރު ފަހުން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު