Monday, November 9
މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަނީ

މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

މިކަމާ ބެހޭ ގޮތުން ފުލުހުން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނީ މަޖީދީ މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.އަދި އެގޮތަށް ޕާކް ކޮށްފައިވާ އުޅަނދު ދުއްވި ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާ ކަމަށެވެ.

އަދި ޓޯވް ކުރެވޭ އުޅަނދު ދޫކުރެވޭނީ 48 ގަޑިއރުގެ ތެރޭގައި ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ވަނީ ޕާކިން ޒޯންގައި ޕާކު ކުރުމަށް އިލްތިމާސްކޮށްފަ އެވެ. މިދިޔަ ސަރުކާރުން މާލޭގައި ބަސް ތަޢާރަފްކޮށް މަޖީދީމަގުގައި ވެހިކަލްތައް ޕާރކް ނުކުރެވޭގޮތަށް ހެދިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު