ހދ. ކުރިނބީ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން އެއްގަމު ތޮށީގެ ބްލޮކްތައް ހަރުކުރުމުގެ މަސައްކަތް މިދިޔަ އަންގާރަ ދުވަހު ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.
ކުރިނބީ ބަނދަރު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު 14 ވަނަ ދުވަހުއެވެ. ނަމަވެސް މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ ޖޫން 4 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން 36،360 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 365 މީޓަރުގެ ބްރޭކްވޯޓަރ އެޅުމާއި، ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރެވޭނެއެވެ. އަދި 393 މީޓަރުގެ ދިގުމިނުގައި ކުއޭ ވޯލް ސްޓްރަކްޗަރ އެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ.
ކުއޭ ވޯލަކީ ކޮންކްރީޓް ނުވަތަ ސްޓީލުން ހަދާ ރިޓެއިނިންގ ވޯލްގެ ބާވަތެކެވެ. މިއީ ބަނދަރާއި ކޯރު ނުވަތަ ކެނަލްގެ ކައިރީގައި އޮންނަ ބިން ހިފަހައްޓައިދޭ ވަސީލަތެކެވެ. އަދި ބިން ހަމައަކަށް އެޅުވުމަށާއި، އުޅަނދުފަހަރަށް ބަލްކްކޮށް މުދާ އަރުވައި ބޭލުމަށް ބޭނުންކުރާ މުހިންމު ވަސީލަތެކެވެ.
މި ލިޔުން ކިޔާލުމުން