Saturday, October 31
ހައްޖުވެރިން ބަލާދާ މީހުންނާއި އުޅަނދުތައް ފުލުހުންގެ އިރުޝާދަށް އަމަލު ކުރަމަށް އިލްތިމާސް ކޮށްފި

ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި އެއާޕޯޓަށް ހައްޖުވެރިން ބަލާދާ މީހުންނާއި އުޅަދުތައް ފުލުހުންގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން މިފަދައިން އިލްތިމާސް ކޮށްފައިވަނީ ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި އެއާޕޯޓްގެ ޓްރެފިކް ތޮއްޖެހުން ބޮޑުވެ، ޓެކްސީ ކިއުއަށް ބާރު ބޮޑުވާނެކަމަށް ލަފާކުރެވޭތީއެވެ. އެހެންކަމުން، ހައްޖުވެރިން ބަލާ އެއާޕޯޓަށް ވަޑައިގަންނަވާ ގާތްތިމާގެ މީހުންނާއި އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށް ވަނީ އެދިފައެވެ.

މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ އަޅުކަމަށް ގޮސްފައިވަނީ 1000 މީހުންނެވެ. މި ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 13 ޖޫން، 14 ޖޫން، 16 ޖޫން އަދި 17 ޖޫންގައެވެ. ހައްޖާޖީންގެ ފުރަތަމަ ފްލައިޓް ރާއްޖެ އަންނާނީ މިމަހުގެ 13 ވާ ހުކުރު ދުވަހުއެވެ.

އެއާޕޯޓުގެ ޓްރެފިކް ބެލެހެއްޓުމަށްޓަކައި ފުލުހުން ވަނީ ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. އަދި ހައްޖުވެރިންނާއި އެމީހުން ބަލާ އަންނަ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް އެއާޕޯޓުގައި ޚާއްސަ އިންތިޒާމުތަކެއް ހަމަޖެހިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު