Saturday, October 31
މާލޭ ފިހާރައަކަށް ވަދެ ފައިސާ ފޭރުނު މީހަކަށް ދައުވާ ކުރަން ފޮނުވައިފި

މާލޭގެ މައްޗަންގޯޅި ސަރަހައްދުގައި ހުންނަ "ޕަރާއޯ" ފިހާރައަށް ވަދެ، ވަޅިން ބިރުދައްކައި ފައިސާ ފޭރުނު މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 3:13 އެހާކަންހާއިރު، އިސްކަންދަރުމަގު މައްޗަންގޯޅި ސަހަރާ ކައިރީގައި ހުންނަ "ޕަރާއޯ" ފިހާރައަށް މީހަކު ވަދެ، ވަޅިން ބިރުދައްކައި ފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާ ފޭރިގަތީ އެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ޖޫން 12 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ހ. ރެދަންގެ، މާލޭގައި ދިރިއުޅޭ 36 އަހަރުގެ ފަވާޒު ކަޅުތުއްތުގެ މައްޗަށެވެ. ފަވާޒު ކަޅުތުއްތު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން 2025 މެއި 13 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި މައްސަލާގައި ހައްޔަރުކޮށްފައިވާ ފަވާޒު ކަޅުތުއްތު އަކީ މީގެކުރިން ތަފާތު އެކި މައްސަލަތަކުގައި 52 ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. މިކަމުން އޭނާގެ ކުށުގެ ރެކޯޑު ދައްކުވައިދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު