Monday, November 9
ޖޭއެސްސީ ގެ އާންމުންގެ ތެރެއިން މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ޖޭއެސްސީއަށް އާއްމުންގެ ތެރެއިން ކަނޑައަޅާ މެންބަރުގެ މަޤާމަށް މިއަދުން ފެށިގެން ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލާން ހުޅުވާލީ އެ މަގާމުގައި މިހާރު ހުންނެވި އައިމިނަތު އުއްމުކުލްސޫމްގެ ދައުރު އަންނަ އޮގަސްޓް މަހު ހަމަވާތީ އެވެ.

އެ މަޤާމަށް ކުރިމަތިލާ މީހެއްގެ ހުންނަން ޖެހޭ ޝަރުތުތަކަކީ މުސްލިމެއް ކަމުގައި ވުމާއި ދިވެހި ރައްޔިތަކަށް ވުމާއި އުމުރުން 30 އަހަރު ވެފައިވުމުގެ އިތުރުން އިސްލާމްދީނުގެ އެއްވެސް ހައްދެއް ކަނޑައަޅާފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމެވެ.

އަދި ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ނުވުމާއި ސިޔާސީ ޕާޓީއެެއްގެ މެންބަރެއް ކަމުގައި ނުވަތަ، ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުމުގެ އިތުރުން ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައި ވުމެވެ.

މި މަޤާމަށް ކުރިމަތިލާން އެދޭ މީހުން ޖުލައި ތިންވަނަ ދުވަހުގެ މެންދުރު 12 ގެ ކުރިން މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު