އިންޑިއާގެ އަހްމަދުއާބާދުން ފުރައިގެން އިނގިރޭސިވިލާތުގެ ލަންޑަނަށް ދަތުރުކުރަމުންދިޔަ އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓި ގިނަ އަދަދެއްގެ މީހުން ނިޔާވި ހާދިސާއާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މިގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ އެއާ އިންޑިއާގެ ފްލައިޓް އޭއައި 171 ވެއްޓުނު ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައިފައެވެ.
I express profound sadness at the tragic crash of @airindia flight AI 171 near Ahmedabad.
At this difficult time, the government and people of #Maldives stand in solidarity with the people and the Government of India.
— Dr Mohamed Muizzu (@MMuizzu) June 12, 2025
އަދި މި ދަތި ދަނޑިވަޅުގައި ދިވެހި ސަރުކާރުން ރައްޔިތުން ތިބީ އިންޑިއާގެ ސަރުކާރާއި ރައްޔިތުންނާއެކު ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވައިފައެވެ.
230 ފަސިންޖަރުންނާއި 12 ފަޅުވެރިންނާއެކު ދަތުރުކުރަމުންދަނިކޮށް ވެއްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓުގައި 169 އިންޑިއާ ރައްޔިތުންނާއި، އިނގިރޭސިވިލާތުގެ 53 ރައްޔިތުންނާއި، ޕޯޗުގަލްގެ ހަތް ރައްޔިތަކާއި ކެނެޑާގެ ރައްޔިތަކު ހިމެނޭ ކަމުގައި އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން