Monday, November 9
242 މީހުންނާ އެކު ދަތުރުކުރި އެއާ އިންޑިއާގެ ބޯޓެއް ވެއްޓިއްޖެ

އިންޑިއާގެ އަހުމަދުއާބާދުން އިނގިރޭސިވިލާތުގެ ގެޓްވިކް އެއާޕޯޓަށް ދަތުރުފުރި އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓިއްޖެ އެވެ.

ރޮއިޓާސް ނިއުސް އެޖެންސީން ބުނި ގޮތުގައި ވެއްޓިފައި ވަނީ 242 މީހުންނާ އެކު އަޙްމަދްއާބާދުން ފުރައިގެން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ދަތުރު ކުރަމުން ދިޔަ މަތިންދާބޯޓެކެވެ. މަތިންދާބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ތުއްތު ދެ ކުދިންނާއި 12 ފަޅުވެރިން ހިމެނެއެވެ.

މަތިންދާބޯޓު ވެއްޓިފައި ވަނީ، އަޙްމަދުއާބާދުގެ ވައިގެ ބަނދަރު ކައިރީގައި ޢާންމުން ދިރިއުޅޭ ސަރަޙައްދަކަށެވެ. އެ ހިސާބަށް ދަތުރު ކުރެވެން އޮތް މަގުތައް މި ވަގުތު އޮތީ ބަންދު ކޮށްފައެވެ. މަތިންދާބޯޓު ވެއްޓުމާ ގުޅިގެން އަޙްމަދުއާބާދު ވައިގެ ބަނދަރުގައި ވަނީ ކުއްލިހާލަތު އިޢުލާނު ކޮށްފައެވެ. އަދި، އަލިފާން ނިއްވާ އިދާރާތަކުގެ ޓީމުތަކުން މި ވަގުތު ދަނީ މަތިންދާބޯޓު ވެއްޓުނު ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ވެއްޓިފައި ވަނީ ބޯއިންގ 787-800 ޑްރީމްލައިނަރ މަރުކާގެ މަތިންދާބޯޓެއް ކަމުގައެވެ. ނަމަވެސް، އެ ކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ. އެ މަތިންދާބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން ގުޖްރާތުގެ ވައިގެ ސަރަޙައްދު ވެސް މި ވަގުތު އޮތީ ބަންދު ކޮށްފައެވެ.

ފްލައިޓް ޑޭޓާ ރެކޯޑާ ވެބްސައިޓުން އެނގޭ ގޮތުގައި ބޯއިން 787 ޑްރީމްލައިނާގެ ބޯޓު ވެއްޓުނީ ނައްޓާލިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގަ އެވެ. އެ ބޯޓު އަހުމަދުއާބާދުން ފުރުމަށް ޝެޑިއުލްކޮށްފައި ވަނީ ހެނދުނު 9:50 ގަ އެވެ. ގެޓްވިކުގައި ޖައްސަން ހަމަޖެހިފައި ވަނީ ހަވީރު 18:25 ގަ އެވެ. ބޯޓު އަހުމަދުއާބާދުން ފުރީ މެންދުރު ފަހު 13:39 ގަ އެވެ.

ބޯޓުން ދަތުރުކޮށްފައި ވަނީ އިންޑިއާގެ 169 މީހުންނާއި އިނގިރޭސިވިލާތުގެ 53 މީހުން އަދި ކެނެޑާ މީހަކާއި ޕޯޗުގަލްގެ ހަތް މީހުން ކަމަށް އެއާ އިންޑިއާ އިން ބުންޏެވެ.

އިންޑިއާގެ ޑައިރެކްޓަރޭޓް އޮފް ސިވިލް އޭވިއޭޝަން ފާއިޒް އަހުމަދު ކިދުވައި ވިދާޅުވީ ބޯޓު ވެއްޓިފައި ވަނީ ޢާއްމުން ދިރިއުޅޭ ސަރަހައްދަކަށް ކަމަށެވެ. އަދި ބޯޓުގައި 232 ފަސިންޖަރުންނާއި 12 ފަޅުވެރިން ތިބިކަން އޭނާ ވަނީ ޔަގީންކޮށްދެއްވައިފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު