Monday, November 9
އުތުރުގެ ރަށްތަކަށް ހަފްތާ ބަންދާއި ދިމާކޮށް ފްލައިޓް އިތުރުކޮށްފި
ހދ އާއި ރ އަތޮޅަށް ހަފްތާ ބަންދާއި ދިމާކޮށް އުތުރުގެ އަތޮޅުތަކަށް ފްލައިޓް އިތުރުކޮށްފިއެވެ. އހ، ހދ ށ އަދި ރ އަތޮޅަށްވަނީ މި ޖޫން މަހުގެ 13 އަދި 14 ވަނަ ދުވަހު ފްލައިޓް އިތުރުކޮށްފައެވެ. ޖޫން 13 ވަނަ ދުވަހު ހެނދުނު 08:20 ގައި މާލޭ އިފުރު، އަދި ހެނދުނު 09:30 ގައި އިފުރު މާލެ އަދި މާލޭ ފުނަދޫ، އަދި ފުނަދޫ އިން މާލެއަށް ވަނީ ފްލައިޓް އިތުރުކޮށްފައެވެ. މީގެ އިތުރުން ޖޫން 14 ވަނަ ދުވަހު ހަނިމާދޫ އާއި މާފަރު، މާފަރު އަދި މާލޭގެ އިތުރުން މާލޭ ހަނިމާދޫއަށް ފްލައިޓްތައް ވަނި ޝެޑިއުލްކޮށްފައެވެ. ކުޅުދުއްފުއްޓާއި  ހޯރަފުށި އަދި ހޯރަފުއްޓާއި މާލެ އަށް ފްލައިޓްތައް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. މި ފްލައިޓްތައް އޮތީ މެންދުރު އެގާރަގަޑި ތިރީހާއި މެދުންދުރު އެކެއް ޖަހާއިރެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު