Saturday, October 31
ޙައްޖުވެރިން ފުރަތަމަ ފަހަރަށް ހައި ސްޕީޑް ރޭލުގައި މަދީނާއަށް!

ޙައްޖާ ގުޅޭ އެންމެހައި އަޅުކަންތައް ފުރިހަމަކުރުމަށް ފަހު ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މިއަދު މަދީނާއަށް ފުރައިފިއެވެ.

ދިވެހި ޙައްޖުވެރިން މިފަހަރު މަދީނާއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ހައި ސްޕީޑު ރޭލުގައެވެ. މީގެ ކުރީން ބަހުގައި ކުރަމުން އައި ހަ ގަޑި އިރާއި އަށް ގަޑި އިރުގެ ދަތުރުގެ ބަދަލުގައި ދެ ގަޑި އިރުން މަދީނާއަށް ދެވޭ ރޭލުގައި މި ދަތުރުކުރާ ގޮތަށް ހަމަޖެއްސެވީ ރައީސް ޑރ. މުހައްމަދު މުޢިއްޒެވެ. މިއީ ޙައްޖުވެރީންގެ ކަންކަން ލުއިފަސޭހަކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދަށުން ބަދަލުކުރެވުނު ކަމެކެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ  ދިވެހި ޙައްޖުވެރީން މަދީނާއަށް ދިއުމަށް ހަމަޖެހިފައިވަނީ ހަތަރު ގުރޫޕަކަށް ބަހައިލައިގެން ކަމަށެވެ. ޙައްޖުވެރީން ރާއްޖެއަށް އެނބުރި އަންނަން ފުރާނީ މަދީނާއިންނެވެ.

ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13، 14، 16 އަދި 17 ވަނަ ދުވަހުއެވެ. ހައްޖާޖީން އެންބުރި ރާއްޖެ އަންނަ އިރު، އެއަރޕޯޓަށް ދާ މީހުން ވީހާވެސް މަދުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު