Saturday, October 31
ޒަކާތު ސުވާލު މުބާރާތުގެ 1 ވަނަ ހޮވައިފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ރަމަޞާން މަހު ކުރިއަށް ގެންދިޔަ ޒަކާތު ސުވާލާތު މުބާރާތުން 1 ވަނައަށް ދިޔަފަރާތް ގުރުއަތުން ހޮވައިފިއެވެ.

މި އަހަރުގެ ރަމަޟާން މަހުގެ 9 ވަނަ ދުވަހުން ފެށިގެން ޝައްވާލް މަހުގެ 8 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދިޔަ މި މުބާރާތުގައި ޖުމުލަ 707 ފަރާތަކުން ބައިވެރިވެފައިވެއެވެ. މުބާރާތުގެ ގުރުއަތުން ނެގިފައިވަނީ ހުރިހާ ސުވާލެއްގެ ރަނގަޅު ޖަވާބު ދީފައިވާ ފަރާތްތަކުގެ މެދުގައެވެ. އެގޮތުން 1 ވަނައަށް ދާ ފަރާތަކަށް އިނާމެއްގެ ގޮތުން އުމްރާ ދަތުރެއް ވަނީ ހުށަހަޅާފައެވެ.

ސުވާލު މުބާރާތުގެ 1 ވަނައަށް ދިޔަ ފަރާތް ހޮވުމަށް ގުރުއަތު ނެގުމުގެ ރަސްމިއްޔާތު ފޭސްބުކްގައި ލައިވްކޮށްފައިވެއެވެ. އަދި ރައްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް ޢަބްދުﷲ ސަޢްދާން ގުރުއަތު ނަންގަވާ ވާހަކަފުޅު ދައްކަވާފައިވެއެވެ.

ސްޓޭޓް މިނިސްޓަރ ދެއްކި ވާހަކަފުޅުގައި ދީނީ އެކިއެކި ކަންކަމަށް ހޭލުންތެރިކުރުމުގެ މާތްކަމާ ގުޅޭގޮތުން އަލި އަޅުވާފައިވެއެވެ. އަދި ޒަކާތު ހައުސް އިން ކުރިއަށް ގެންދިޔަ ޕްރޮގްރާމަކީ އާމުންނަށް އޭގެ ފޮނިމީރުކަން ލިބޭނެ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއްކަމާއި، ދީނީ މިފަދަ އެކިއެކި މަޢުޟޫމާތު ލިބޭ ޕްރޮގްރާމްތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ފަޟީލަތުއްޝައިޚް ޢިއްޒައްދީން އަދުނާން ވަނީ ޝުކުރުދެންނެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޕްރޮގްރާމްތައް ރާވާ ހިންގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު