Saturday, October 31
ހުކުރު ދުވަހުން ފެށިގެން ހައްޖުވެރިން އަންނަން ފަށާނެ: ހައްޖު މިޝަން
ހުކުރު ދުވަހުން ފެށިގެން ހައްޖުވެރިން އަންނަން ފަށާނެ ކަމަށް ހައްޖު މިޝަން އިން ބުނެފިއެވެ. ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް އަންނާނީ ޖޫން 13 ވާ ހުކުރު ދުވަހު މެންދުރު ދޭއް ޖަހާއިރުއެވެ. އެއީ ސައުދީ އެލައިނުން އަންނަ ހައްޖުވެރިންނެވެ. ޖޫން 14 ވާ ހޮނިހިރު ދުވަހު މޯލްޑިވިއަންގެ ފްލައިޓުން ހައްޖުވެރިން އަންނާނީ ރޭގަނޑު 11 ޖަހާއިރުއެވެ. ހުކުރު ހޮނިހިރަށް ފަހު ހައްޖުވެރިން އަންނާނީ ޖޫން 16 އަދި 17 ވަނަ ދުވަހުއެވެ. 16 ވަނަ ދުވަހު މެންދުރު ދޭއް ޖަހާއިރު ސައުދީ އެއަލައިނުން ހައްޖުވެރިން އަންނައިރު ދެން ހައްޖުވެރިން އަންނާނީ ޖޫން 17 ވަނަ ދުވަހު ރޭގަނޑު 11 ޖަހާއިރު މޯލްޑިވިއަންގެ ފަލައިޓުންނެވެ. މިއަހަރު ރާއްޖެއިން 1000 މީހުން ހައްޖަށް ދިޔައެވެ. މިއަހަރު ސަރުކާރުން ވަނީ ހައްޖުގެ އިންތިޒާމް ވަރަށް ބޮޑަށް ފުރިހަމަކޮށް ފަސޭހަކޮށްފައެވެ. ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިއަދު ވަނީ މަދީނާ އަށް މިހާރު ފުރާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު