Monday, November 9
ނޭޕާލްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް އަޒީމާ އައްޔަންކުރަން ފާސްކޮށްފި

ނޭޕާލްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާފައިވާ ސަފީރު އައިޝަތު އަޒީމާ އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ގެ މަޖިލީހުގެ ޖަލްސާގައި އެ މަގާމަށް އަޒީމާ އައްޔަން ކުރުމަށް ފެންނަ ކަމަށް ވޯޓު ދީފައިވަނީ 59 މެންބަރުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ.

ނޭޕާލްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް އަޒީމާ އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފައިވާއިރު ރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި އާ ސަފީރު، އަޒީމާ އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސް ދުރުޕަތީ މުރުމުއަށް އެރުވީ މީގެ 3 މަސް ކުރިންނެވެ.

އަޒީމާ ވަނީ މީގެކުރިން ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމެ ވެސް އަދާކުރައްވާފައެވެ. އަދި އަޒީމާ ވަނީ 2019- 2023 އަށް ޗައިނާގެ ސަފީރު ކަމުގެ މަގާމު އަދާކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު