ފުވައްމުލަކުގައި މާރާމާރީއެއް ހިންގައި މީހަކު ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ ފުވައްމުލައް ސިޓީގައި މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގާފައިވާ މައްސަލަ ރޭ 8:54 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މާރާމާރީގައި އަނިޔާވެފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. މިގޮތުން ބޭރުފުށުން ފެންނަން ހުރި އޭނާގެ އަނިޔާގެ ތެރޭގައި ނޭފަތާއި އަނގަމަތި ފަޅައިގެން ގޮސް، ކަނާއަތު ކޯމަތި ދުޅަވުމުގެ އިތުރުން އެހެނިހެން ކުދި އަނިޔާވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ އިތުރު ފަރުވާއަށް އޭނާ އައްޑޫ ސިޓީއަށް ގެންގޮސްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން