Monday, November 9
ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތިި އަތުލައިފި
އޮޅުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ. މި ތަކެތީގެ މަގުމަތީ އަގު ގާތްގަޑަކަށް 26 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ހޯމް މިނިސްޓަރ އަލީ އިހްސާން ސޯޝަލް މިޑީއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައިވަނީ 18 ކިލޯގްރާމްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައެވެ. ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުތަކާއި އެއްގޮތަށް ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް މިނިސްޓަރ އިހްސާން ވަނީ ޝުކުރުދަންނަވާފައެވެ. '"މަސްތުވާތަކެތީގެ ވިޔަފާރިކުރާފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ޤާނޫނު ދަނީ އަރާހަމަކުރަމުން"' މިނިސްޓަރ އަލީ އިހްސާން ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު