އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ދަށުން މިހާތަނަށް ފައިގައި ޓެގް އެޅުވުމަށްފަހު އިތުރު ދެ މީހަކު ދޫކޮށްލައިފިއެވެ. މިއާއެކު މި ނިޒާމުގެ ދަށުން މިހާތަނަށް ޖުމްލަ ތިން މީހަކު ދޫކޮށްލެވިފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުތަކުން އެނގޭ ގޮތުގައި އެންމެ ފަހުން ދޫކޮށްލެވުނު ދެ މީހުންނަކީ ޑައިމޯފިން ޓްރެފިކްގެ މައްސަލައިގައި ހިމެނޭ 24 އަހަރުގެ ދިވެހި ފިރިހެނަކާއި 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ދެ މީހުންވެސް ދޫކޮށްލެވިފައިވަނީ 100 ދުވަހުގެ މުއްދަތަށް ޓެގު އަޅުވައިގެންނެވެ. އަދި ދައުލަތުން ކަނޑައަޅާފައިވާ ޝަރުތުތަކަށް އެއްބަސްވުމަށްފަހުގައެވެ.
މި ނިޒާމުގެ ދަށުން ކުރިން ދޫކޮށްލެވިފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނޭ އެއް މީހެކެވެ. މި ނިޒާމުގެ ދަށުން ދޫކޮށްލެވޭ މީހުންނަށް ކަނޑައެޅޭ ޝަރުތުތަކުގެ ތެރޭގައި ކޯޓަށް ހާޒިރުވުމާއި، ރަށުން ބޭރަށް ނުދިއުމާއި، ރޭގަނޑު ވަކި ގަޑިތަކެއްގައި ގޭގައި ހުރުން ހިމެނެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުކުރާ އެސެސްމަންޓަށް ބިނާކޮށް، މި ނިޒާމުގެ ދަށުން ދޫކޮށްލެވޭ މީހުން ކަނޑައަޅަނީ ޕްރޮސެކިއުކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ. ނަމަވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންނަށް މި ނިޒާމުގެ ދަެ ދަށުން ލުޔެއް ނުދެވޭނެކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
މި ނިޒާމު ތަޢާރަފުކުރުމުގެ މައިގަނޑު މަޤްޞަދަކީ ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމާއި، ބަންދުގައި ތިބޭ މީހުންނަށް ލިބިދޭ ވަސީލަތްތައް ރަނގަޅުކޮށް، ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމާގުޅޭ މައްސަލަތަކަށް ވަށާޖެހޭ އަދި ދާއިމީ ހައްލެއް ގެނައުމެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދެ ދެއްވިގޮތުގައި އިތުރު މީހުން ދޫކޮށްލުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި އެސެސްމަންޓުތައް ލިބެމުންދާ ވަރަކުން، ބަންދަށް ލުއި ދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނެއެވެ.
މި ލިޔުން ކިޔާލުމުން