މާލޭގެ ބައެއް ހިސާބުތަކުން މާދަމާ ކަރަންޓް ކެނޑިދާނެ ކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.
އެގޮތުން ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، މަޖީދީމަގު އަދި ދަނބުރުއްމަގު ހިމެނޭ ސަރަޙައްދުން 11 ޖޫން 2025 ވާ ބުދަ ދުވަހުގެ ހެނދުނު 09:30 އާއި 11:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، މަޖީދީމަގު އަދި ދަނބުރުއްމަގު ހިމެނޭ ސަރަޙައްދުން 11 ޖޫން 2025 ވާ ބުދަ ދުވަހުގެ (މާދަމާ) ހެނދުނު 09:30 އާއި 11:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް. ދިމާވެދާނެ ދަތިތަކަށް… pic.twitter.com/H9Gxz1mEJt
— STELCO (@STELCOMALDIVES) June 10, 2025
ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.
މި ޖޫން މަހުގެ 1 ވަނަ ދުވަހު މުޅި މާލެއާއި ހުޅުމާލެއިން ވަނީ ކަރަންޓް ކެނޑިފައެވެ. މިގޮތުން އެ ދުވަހު މެންދުރު މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ ހުރިހާ ޖެނެރޭޓަރެއް ނިވިގެން ކަމަށް ސްޓެލްކޯއިން އިން ބުނެފައިވެއެވެ. މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންގަވާފައެވެ. އަދި މި މައްސަލަ ތަޙުޤީޤު ކުރަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވެސް ވަނީ ފަށައިފައެވެ.
މި ލިޔުން ކިޔާލުމުން