އާދިއްތަ, November 15
ރާއްޖެއިން ޤައުމީ ފެންވަރުގައި އޯޝަން އެކައުންޓް އެކުލަވާލުމުގެ މަގުޗާޓު އިފްތިތާޙުކޮށްފި

ދިވެހިރާއްޖެއިން ޤައުމީ ފެންވަރުގައި އޯޝަންސް އެކަންޓްސް އެކުލަވާލުމުގެ މަގުޗާޓެއް އިފްތިތާހުކޮށްފިއެވެ.

މި މަގުޗާޓު އިފްތިތާހުކޮށްދެއްވީ މިހާރު ކުރިއަށްދާ އ.ދ.ގެ ތިން ވަނަ އޯޝަންސް ކޮންފަރެންސްގެ ހަވާސާގައި ރާއްޖެއިން ގްލޯބަލް އޯޝަންސް އެކައުންޓްސް ޕާރޓްނަރޝިޕްއާއެކު އިންތިޒާމުކުރި ސައިޑް އިވެންޓްގައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު، ޠާރިޤު އިބްރާޙީމެވެ.

މި މަގުޗާޓުގެ އެކުލެވިގެންވަނީ މައިގަނޑު 3 ލަނޑުދަނޑިއެއްގެ މައްޗަށެވެ. އެއީ:

  • 2026 ވަނަ އަހަރުގެ ނިޔަލަށް، އޯޝަން އެކަންޓްސްގެ މަސައްކަތްކުރުމަށް ބިންގާ އެޅުން،
  • 2028 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޯޝަން އެކައުންޓްސް ޕައިލެޓްކޮށް، ގައުމީ ފެންވަރުގެ ނިޒާމެއް އެކުލަވާލުން، އަދި
  • 2030 ވަނަ އަހަރުގެ ނިޔަލަށް، އޯޝަން އެކައުންޓްސްގެ ނިޒާމުން ލިބޭ މައުލޫމާތު ހުރިހާ ގިންތިއެއްގައި ތަރައްގީގެ ސިޔާސަތުތައް ކަނޑައެޅުމުގައި ބޭނުންކުރުން.

މަގު ޗާޓު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގެ ތަރައްޤީ އާއި އިޖްތިމާޢީ ދުޅަހެޔޮކަން ކަނޑާއި އައްސޭރިފަށުގެ ދިރޭތަކެތީގެ ނަސްލުތަކަށް ބިނާވެފައިވާކަމުގައި ވިދާޅުވެ ވަޒީރު ޠާރިޤު ވަނީ، ރާއްޖޭގެ ގުދުރަތީ ރައުސުލްމާލާއި، ދިރޭތަކެތީގެ ނަސްލުތަކާއި މާހައުލުތައް ރައްކާތެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

އޯޝަން އެކައުންޓްސް އަކީ ތިމާވެށީގެ ދާއިރާއިން، ޚާއްޞަކޮށް ކަނޑާއި އައްސޭރިފަށުގެ ޤުދުރަތީ ނަސްލުތަކާއި މާޙައުލީ ނިޒާމުތައް، ޤުދުރަތީ ވަސީލަތްތަކެއްގެ ގޮތުގައި ގުނަކޮށް، މިންކޮށް، އެ ވަސީލަތްތަކުގެ ޙާލަތު ދެނެގަނެ، އޭގެއިން ލިބޭ އިޤްތިސާދީ އަދި އިޖްތިމާޢީ ފައިދާތައް ހިސާބުކިތާބުކޮށް ދެމެހެއްޓެނިވި ތަރައްޤީ ބައްޓަންކުރުމަށް މަގުފަހިކޮށްދޭ އޮނިގަނޑެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު