Monday, November 9
ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ރަޝީދު ނިޔާވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ރަޝީދު މިއަދު ނިޔާވެއްޖެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަޝީދު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވުމަށްފަހު، މިއަދު އައިޖީއެމް ހޮސްޕިޓަލުގައެވެ.

ރަޝީދަކީ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ގައްދޫ ދާއިރާ ތަމްސީލްކުރެއްވި ޕީޕީއެމްގެ މެންބަރެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށްފަހުގައި ވެސް އޭނާ ގެންދެވީ ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް މަސައްކަތް ކުރައްވަމުންނެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ދަންވާފައެވެ. މަޖިލީހުގައި ރަޝީދު އާއި އެކު މަސައްކަތް ކުރެއްވި ބެފުޅުން ދަނީ އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ދަންނަވަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދު ރަހީމް އަބުދުﷲ ވެސް ވަނީ އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.
إنا لله وإنا إليه راجعون. ‏ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ ޢިއްޒަތްތެރި މެންބަރ އަޙްމަދު ރަޝީދު... Posted by Abdul Raheem on Tuesday, June 10, 2025
 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު