Monday, November 9
ޝެއިޚު ފަރީދަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރަނީ

ޝައިޚު ފަރީދުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށު ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މަރުހޫމް ފަރީދުގެ ޖަނާޒާގެ ކަންކަން މެލޭޝިޔާގައި ކުރިއަށް ގެންދަވަން އާއިލާއިން ނިންމަވާފައިވާތީވެ، ޝައިޚުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށު ނަމާދު ކުރުމާމެދު ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާކަމަށެވެ.

''އިންޝާ ﷲ މި ހަފްތާގެ ހުކުރު ދުވަހުގެކުރިން މެލޭޝިޔާގައި ވަޅުލައިފި ނަމަ، ހުކުރު ދުވަހު ހުކުރު ނަމާދަށް ފަހު، ރާއްޖޭގެ ހުކުރުކުރާ ހުރިހައި މިސްކިތެއްގައި ޝައިޚު ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަށް މިނިސްޓްރީން ވަނީ ނިންމާފަ'' މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވިއެވެ.

ޝައިޚު ފަރީދުގެ ޖަނާޒާގެ ކަންކަން މެލޭޝިޔާގައި ކުރިއަށް ގެންދަވަން އާއިލާއިން ނިންމަވާފައިވާތީވެ، ޝައިޚުގެ މައްޗަށް...

Posted by Mohamed Shaheem Ali Saeed on Tuesday, June 10, 2025

 

މިނިސްޓަރ ވިދާޅުވީ  ޖަނާޒާގެ ކަންކަން ދާ ގޮތް އިއުލާން ކުރައްވާނެކަމަށެވެ.

ޝައިޚް ފަރީދު އަވަހާރަވެފައިވަނީ ހިދުމަތް ޖަމްއިއްޔާގެ ޓީމަކާއެކު މެލޭޝިޔާގެ އެއަރޕޯޓަށް ވަޑައިގަތްފަހުންކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ޝައިޚް ފަރީދަކީ އިސްލާމްދީނާއި ރަސޫލާގެ ސުންނަތަށް މީހުން ހޭލުންތެރިކުރުމަށް ތަފާތު ގިނަ ދަރުސްތަކެއް ދެއްވާފައިވާ އިލްމުވެރިއެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު