Monday, November 9
ހުޅުމާލޭގައި ޕެންޝަން އޮފީހުގެ 12 ފަންގިފިލާގެ އިމާރާތެއް އަޅަނީ

ހުޅުމާލޭގައިހަދާ ފެންޝަން އޮފީސް ހަދާނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

ޕެންޝަން އޮފީހުން ކުރި އިއުލާނެއްގައި ވަނީ ޕެންޝަން ހުޅުމާލޭގައި ހަދާ ފެންޝަން އޮފީހުގެ 12 ބުރީގެ އިމާރާތް ޑިޒައިން އެންޑް ބިލްޑް އުސޫލުން މި އިމާރާތް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 23 ގެ ނިޔަލަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ހުޅުމާލޭގައި ޕެންޝަން އޮފީހުގެ އިމާރާތް ބާރަ ބުރިއަށް އަޅަނީ ދިހަ ހާސް އަކަފުޓަށްވުރެ ބޮޑު ބިމެއްގައެވެ.

މި ބިމަކީ އެޗްޑީސީއާއި ޕެންޝަން އޮފީހާއި ދެމެދު ބިންވިއްކުމުގެ އެގްރިމެންޓްގެ ދަށުން ހޯދާފައިވާ ދިހަހާސް އަކަފޫޓަށްވުރެ ބޮޑު ބިމެކެވެ.

މި ބިންއޮންނާނީ ހުޅުމާލޭގެ ލޮޓް ނަންބަރު11538 ގައެވެ.


،،

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު