Tuesday, October 13
ރާއްޖެއިން ލަގްޒަމްބާގަށް ކަނޑައެޅުއްވި ނޮން ރެސިޑެންޓް ސަފީރުގެ ފަތްކޮޅު އަރުވައިފި

5 ޖޫން 2025: ރާއްޖެއިން ލަގްޒަމްބާގަށް ކަނޑައެޅުއްވި ނޮން ރެސިޑެންޓް ސަފީރުގެ ފަތްކޮޅު އަރުވައިފި - ފޮޓޯ: ޚާރިޖީ ވުޒާރާ

ދިވެހިރާއްޖެއިން ލަގްޒަމްބާގަށް ކަނޑައެޅުއްވި އައު ނޮން ރެސިޑެންޓް ސަފީރު ގީލާ ޢަލީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ލަގްޒަމްބާގްގެ ހެރެޑިޓަރީ ގްރޭންޑް ޑިޔުކަށް އަރުވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ އިއްޔެ ހެނދުނު ލަގްޒަމްބާގްގެ ގްރޭންޑް ޑިޔުކަލް ޕެލަސްގައެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ގްރޭންޑް ޑިޔުކާއެކު ބޭއްވެވި ބައްދަލުވުމުގައި ސަފީރު ގީލާ ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ދިވެހި ރައްޔިތުންގެ ފަރާތުން ގްރޭންޑް ޑިޔުކަށް ހެޔޮއެދުމާއި ސަލާމް އަރުވައިފައެވެ. މީގެ އިތުރުން އެކަމަނާގެ ސަފީރުކަމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ސަފީރު ވަނީ އަރުވައިފައެވެ.

މި ބައްދަލުވުމުގައި ސަފީރު ގީލާގެ އަރިހުގައި އެކަމަނާގެ ފިރިކަލުން ޢަބްދުﷲ މުޝްރިފް އަދި ދިވެހި އެމްބަސީގެ ފަސްޓް ސެކްރެޓަރީ، މުޙައްމަދު ޝައްފާޢު އިބްރާހީމް ބައިވެރިވެލެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު