ދަރިން ހެޔޮލަފާ ކިޔަމަންތެރި ބަޔަކަށް ހަދަން މަސައްކަތް ކުރުމަކީ އެންމެ ޒިންމާއެއް ކަމުގައި 1446 ވަނަ އަހަރުގެ އަޟުޙާ ޢީދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
ޢީދު ޚުޠުބާގައި ވިދާޅުވީ އިސްމާޢީލްގެފާނު ދެއްކެވި ކިޔަމަންތެރިކަމަކީ އަހަރެމެންގެ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއް ކަމަށާއި، މައިންބަފައިންނަށް ކިޔަމަންގަންނަން ޖެހޭ މިންވަރުގެ ދިރިހުރި މިސާލެއް ކަމަށެވެ.
"އިސްމާޢީލުގެފާނަށް ލިބިވަޑައިގެންފައިވާ ތަރުބިއްޔަތުގެ ރަނގަޅުކަމާއި ހެޔޮކަން. މިއަދު އަހަރެމެންގެ ދަރީން މައިންބަފައިންނަށް ނުކިޔަމަންތެރިވެ، ބަސް ނާހާ ވާހަކަ އަޑު އިވޭ. އަހަރެމެންގެ ދަރީން ހެޔޮލަފާ، ކިޔަމަންތެރި ބަޔަކަށް ހަދަން މަސައްކަތް ކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމުގައި ހަދާށެވެ!"، މިއަދުގެ ޚުޔުބާގައި ވިދާޅުވިއެވެ.
މީގެ އިތުރުން ޚުޠުބާގައި ވިދާޅުވީ މިއަދު ޢީދު ފާހަގަކުރާއިރު އިބްރާޙީމްގެފާނާއި އިސްމާޢީލުގެފާނު ވެވަޑައިގަތް މަތިވެރި ޤުރުބާނީން ޢިބުރަތް ހާސިލުކުރަންޖެހޭ ކަމަށާއި، އެއީ މާތްﷲ އަށް ކިޔަމަންތެރިވުމާއި ކެތްތެރިވުމުގެ ދަރުސެއް ކަމަށެވެ. އަދި އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބކީ މާތްﷲ އާއި އެކަލާނގެ ރަސޫލާގެ އެންގެވުންތަކާ ދުރުހެލިވުން ކަމަށާއި، ވެރީންނާއި މައިންބަފައިންނާއި ބޮޑުންގެ ބަސް ނޭހުން ކަމަށެވެ.
"ކީރިތި ރަސޫލާގެ ޞަޙާބީންގެ ކުރިފުޅު މަތީގައި ދުނިޔެ ތިރިވެ، ކުޑަކަކޫ ޖަހައި، ކިޔަމަންގަތީ ކީއްވެގެންތޯއެވެ! އިސްލާމް ދީނަށް ފައުޖުފައުޖުން މީސްތަކުން ވަނީ ކީއްވެގެންތޯއެވެ! އެ ބޭކަލުންގެ މުއްސަނދިކަމަކުން ނޫނެވެ. އެ ބޭކަލުންގެ ހަށިކޮޅުތައް ވަރުގަދަކަމަކުން ވެސް ނޫނެވެ. އެކަމަކު އެ ބޭކަލުންގެ އިޚްލާޞްތެރިކަމާއި ކިޔަމަންތެރިކަމުގެ ސަބަބުންނެވެ."، ޚުޠުބާގައި ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން