Saturday, October 31
މިއީ އުފާވެރި ހަނދާންތަކެއް އެންމެންގެ ހިތްތަކުގައި ބިންވަޅު ނެގޭނޭ އީދަކަށް ހެދުމަށް ރައީސްގެ އިލްތިމާސް

ކޮންމެ ޢީދަކީވެސް އުފާވެރި ހަނދާންތަކެއް، އެންމެންގެ ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިޙްތިފާލަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ޢީދު ދުވަހުގެ މުނާސަބަތުގައި މިރޭ ފޮނުއްވި ހިތާބުގައެވެެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓުގައާއި ޚިޠާބުގައި، އެމަނިކުފާނު ވަނީ ބަރަކާތްތެރި ކޮންމެ މޫސުމެއްގައިވެސް އިޖްތިމާޢީ ރޫޙާއި އެއްބައިވަންތަކަން އާލާކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަށް ބާރުއަޅުއްވާފައެވެ. މީގެ އިތުރުން، ރައީސް މުޢިއްޒު ވަނީ ދޮށީ ޢުމުރުގެ މައިންބަފައިން އުފާކޮށްދިނުމާއި، އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމާއި، ގާތްތިމާގެކަމާއި ރަޙްމަތްތެރިކަން އިތުރަށް ބަދަހިކުރުމާއި، ދަރީންނަށް ރިވެތި ނަމޫނާއާއި ނަސޭހަތްތަކުން ތަސައްލީ ލިބިދިނުމަކީ ޢީދުގެ ހަގީގީ ޒީނަތްތެރިކަން ކަމުގައި ފާހަގަކުރައްވާފައެވެ.

އަޟްޙާ ޢީދުގެ މުނާސަބަތުގައި ދެއްވި މި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހީންގެ ހިތްތަކުގައި ފަލަޞްޠީނަށް އޮތް ލޯތްބާއި ކުލުނު ފާހަގަކުރައްވާ، ފަލަޞްޠީނުގެ މުސްލިމުން ކުރާ ޖިހާދުގައި ބަރަކާތް ލެއްވުމަށް އެދިވަޑައިގެން ދުޢާދަންނަވާފައެވެ. އަދި މާތް ނަބިއްޔާ صلى الله عليه وسلم ވިދާޅުވެފައިވާ ފަދައިން، އެއް މުއުމިނަކު އަނެއް މުއުމިނަކަށް އަޅައިލާ އެހީތެރިކަން ދިނުމުން އުފެދޭ ބަދަހި ގުޅުމަކީ ގަދަފަދަ ބިނާއެއްގެ ގޮތުގައި ސިފަކުރެވިދާނެ ކަމެއްކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޚިޠާބު ނިންމަވާލެއްވީ ދިވެހި ރައްޔިތުންނަށް މިއަހަރުގެ ބޮޑު ޢީދަކީ އަމާންކަމާއި ބާއްޖަވެރިކަމުން ފުރިގެންވާ މުނާސަބާއެއް ކަމުގައި ލެއްވުން އެދިވަޑައިގެން ދުޢާދަންނަވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު