Saturday, October 31
މިފަހަރު ވެސް ބޮޑު އީދު ކުލަގަދަކޮށް ފާހަގަ ކުރަން އެޗްޑީސީން ނިންމައިފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަހަރުގެ ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމައި، މާލެ އާއި ހުޅުމާލޭގައި އީދު ހުޅުޖެހުމަށް ވެސް ނިންމައިފި އެވެ. މިގޮތުން އެޗްޑީސީން ވަނީ ކުރިއަށް އޮތް ފަސް ދުވަހަށް ރާވާފައިވާ އީދު ކުޅިވަރު ހަރަކާތްތަކުގެ ތާވަލެއް އާންމުކޮށްފައެވެ.

އެޗްޑީސީން އާންމުކޮށްފައިވާ ތާވަލުގައިވާ ގޮތުން، ހުޅުމާލޭގައި އީދު ކުޅިވަރުތައް ފެށޭނީ މިރޭ 8:30 ގައެވެ. މިގޮތުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ވެދުމާ ދިޔުމާއި، އީދު ހުޅު އަދި ބޮޑުބެރުގެ ހަރަކާތްތަކެވެ. މި ހަރަކާތްތައް ކުރިއަށްދާނީ ރުއްގަނޑު 1 އާއި ހުޅުމާލެ 2 ގެ ޗެނަލް ބީޗްގައެވެ.

މާދަމާ އީދު ދުވަހު އުލްހިޔާ ކަތިލުމާއި އީދު ބޮނޑިބަތް ބެހުމުގެ ހަރަކާތްތައް ހުޅުމާލޭ ކްރިކެޓް ސްޓޭޑިއަމް ސަރަހައްދުގައި އީދު ނަމާދަށްފަހު ކުރިއަށްދާނެ އެވެ. އަދި ހަވީރު 4:00 އިން 5:30 އަށް ވޯޓަރ ސްޕޯޓްސް އިވެންޓެއް ހުޅުމާލޭ ރުއްގަނޑު 1 ސަރަހައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އީދު ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތައް ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ. މިގޮތުން ހުކުރު ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ކުޑަކުދިންގެ ހަވީރުގެ ހަރަކާތްތައް ހުޅުމާލޭ ސެންޓްރަލް ޕާކު އަދި ހިޔާ ޕާކު ސަރަހައްދުގައި ކުރިއަށްދާނެ ކަމަށް އެޗްޑީސީން މަޢުލޫމާތު ދީފައިވެއެވެ.

އެޗްޑީސީން މިފަދަ ހަރަކާތްތަކެއް ރާވާފައިވަނީ ހުޅުމާލޭގެ މުޖުތަމަޢު އެއްބައިވަންތަކަން އިތުރުކޮށް، އީދުގެ އުފާވެރިކަން ރައްޔިތުންނާ ހިއްސާކުރުމުގެ މަޤްޞަދުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު