1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ހަމަޖެހިފައިވާ 3 ރަށަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ދިއުމަށް ހަމަޖެހިފައިވާ ޓީމުތައް މިއަދު ފުރައިފިއެވެ. އެ ވުޒާރާގެ ޓީމާއެކު މި ދަތުރުގައި ޕީ.އެސް.އެމްގެ ޓީމެއްވެސް ބައިވެރިވެއެވެ.
އެ ވުޒާރާއިން ބުނީ ޓީމްތަކުން މި 3 ރަށުގައިވެސް މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ވެފައިވާ އެންމެ ފަހުގެ ތައްޔާރީތައް ބަލައި ސަރުކާރުން ކަނޑައަޅުއްވާފައިވާ މިންގަޑުތަކަށް ފެތޭތޯ ބަލާނެ ކަމަށެވެ. އަދި ޕީ.އެސް.އެމްގެ ޓީމުން މި އަހަރުގެ އަޟްޙާ ޢީދުގެ ހަރަކާތްތައް ޕީ.އެސް.އެމްގެ ޗެނަލްތަކުން ދެއްކުމަށް ޓަކައި ޢީދު ހަރަކާތްތައް ރޭވިފައިވާ ސަރަހައްދުތަކަށް ޒިޔާރަތްކޮށް ކަވަރޭޖުތައް ދުރާގާތުން ގެނެސްދިނުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
މި އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރެއްގައި ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ތިލަދުންމަތީ އުތުރުބުރީ ކެލާ، މާލެ އަތޮޅު ގުރައިދޫ އަދި ހައްދުއްމަތީ ގަމުގައެވެ. މިއަހަރުގެ އަޟްޚާޢީދު ފާހަގަކުރާ 3 ރަށުގެ ހަރަކާތްތައް ވެސް ޕީ.އެސް.އެމްގެ ޗެނަލްތަކުން ވަގުތުން ދެއްކުމަށްވަނީ ހަމަޖެހިފައެވެ.
މި ލިޔުން ކިޔާލުމުން