Saturday, October 31
އީދު ދުވަހު މޯލްޑިވްސް ގޭސް ބަންދު ވިޔަސް ޑިސްޓްރިބިއުޝަން ޔުނިޓްތަކަށް ހުސްފުޅި ގެނައުމުން ގޭސް ލިބޭނެ

މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްއިން، ކުރިއަށް އޮތް ބަރަކާތްތެރި އަޟްޙާ ޢީދު ދުވަހު އެ ކުންފުނީގެ މައި އޮފީސް ބަންދު ކުރި ނަމަވެސް، ރައްޔިތުންނަށް ގޭސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ބުނެފިއެވެ.

މޯލްޑިވްސް ގޭސްއިން ބުނެފައި ވަނީ، އީދު ދުވަހު އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ޔުނިޓާއި ޕްރޮޑަކްޝަން ޑިޕާޓްމަންޓް ބަންދުވާނެ ކަމަށެވެ.

ނަމަވެސް، ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ރިޢާޔަތްކޮށް، އީދު ދުވަހު ހެނދުނު 9:00 އިން ރޭގަނޑު 12:00 އާ ހަމައަށް ކުންފުނީގެ ޑިސްޓްރިބިއުޝަން ޔުނިޓްތަކަށް ހުސްފުޅި ގެނައުމުން ގޭސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

މި ޚާއްޞަ އިންތިޒާމުގެ ދަށުން، ކަސްޓަމަރުންނަށް އެ މީހުންގެ ހުސްފުޅިތައް ގެނެސް ގޭސް ފުރުވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިގޮތުން، އީދު ދުވަހު ގޭސް ބޭނުންވާ ފަރާތްތަކަށް މެދުކެނޑުމެއް ނެތި ޚިދުމަތް ލިބޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު