Saturday, October 31
ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސް 2025ގެ ބޭންކިންގ ޕާޓްނަރ އަކަށް ބީއެމްއެލް

ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސް 2025ގެ ބޭންކިންގ ޕާޓްނަރ އަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ޖޫން 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ހަފްލާގައިރާއްޖޭގެ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތްކުރާ ފާހަގަކޮށްލެވޭފަރާތްތަކަށް އެވޯޑް ލިބިގެންދާނެއެވެ.

ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސްގެ މަގުސަދަކީ މި ދާއިރާގައި މަސައްކަތްކުރާ ހީވާގިމުވައްޒަފުންގެ މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރުމެވެ. މިއަހަރު 450 އަށްވުރެ ގިނަނޮމިނޭޝަން ލިބި، 600،000 އަށްވުރެ ގިނަ ވޯޓު ލިބިފައިވުމަކީ މި އެވޯޑްސްއަށްލިބެމުންދާ ތާއީދާއި ޝައުގުވެރިކަން ދައްކުވައިދޭ ކަމެކެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގެ މައިގަނޑު ބައިވެރިންނަށް ވެފައިވާ ހީވާގި މުވައްޒަފުންގެ މަސައްކަތް ފާހަގަކުރުމަށް ބޭއްވޭ ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސް 2025ގެ ޕާޓްނަރަކަށްވެވުނުކަމީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް ކަމަށެވެ. 

ބީއެމްއެލްއިން އަންނަނީ ފަތުރުވެރިކަމުގެ ސިނާއަތަށް މުހިންމު އެހީތެރިކަމެއްފޯރުކޮށްދެމުންނެވެ. އަދި ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސް މެދުވެރިކޮށް މި ދާއިރާގައިމަސައްކަތްކުރާ ހީވާގި މުވައްޒަފުންގެ މަސައްކަތް ފާހަގަކުރެވޭކަމީ ބޭންކަށް ލިބޭފަޚުރެކެވެ.

ހޮޓެލިއާ މޯލްޑިވްސް މެދުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާގެ މުހިއްމު ޚިދުމަތްތެރިންގެ އަޒުވަޒަންކުރުމުގެ ފުރުސަތު ލިބުމަކީ ބޭންކަށް ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު