Saturday, October 31
މާލޭގައި 3 ދުވަސް ވަންދެން އީދު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމައިފި

ޤައުމީ ދިފާޢީ ބާރުގެ އިސްނެގުމާއެކު، ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން މާލެ ސަރަޙައްދުގައި ގައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރުމަށް ނިންމައިފިއެވެ. އެގޮތުން "ޢީދުހަވީރު 1446" ގެ ނަމުގައި ކުލަގަދަ ހަރަކާތްތަކެއް 3 ދުވަސް ވަންދެން ކުރިއަށް ގެންދާނެއެވެ.

މި ހަރަކާތްތައް ކުރިއަށްދާނީ މާލޭގެ ސުލްޠާން ޕާކް، ޖުމްހޫރީ މައިދާން އަދި ހުޅުމާލޭގެ ސެންޓްރަލް ޕާކާއި ހިޔާ ޕާކް ސަރަޙައްދުގައެވެ. ހަރަކާތްތައް ކުރިއަށްދާނީ ހަވީރު 4 އިން 6 އަށް އަދި ބައެއް ސްޓޯލްތައް ރޭގަނޑު 8:30 އިން ފެށިގެންނެވެ.

ސިފައިންގެ ފަރާތުން ޚާއްޞަ ހަރަކާތްތަކެއް ކުރިއަށްގެންދާނެކަމަށް ބުނެފައިވެއެވެ. މީގެ ތެރޭގައި ސިފައިންގެ ޔުނިފޯމް، ހަތިޔާރު އަދި އުޅަނދުފަހަރު ދެއްކުމާއި، ރެޕެލިންގ ޓަވަރ އަދި ޝޫޓިންގ ހޯލް ހިމެނެއެވެ. އަދި އެޗްޑީސީން ކުޑަކުދިންނަށް ޚާއްޞަ ވޯޓަރ ސްޕޯޓްސް ހަރަކާތްތައް ބާއްވާނެކަމަށް ވެސް ބުނެފައިވެއެވެ.

މި ހަރަކާތްތަކުގައި ރާއްޖޭގެ އިހުގެ ސަޤާފަތާއި ކުޅިވަރުތައް ދައްކާލުމާއެކު، ޒަމާނީ ކެރެކްޓަރުތައް ވެސް ހިމެނޭނެކަމަށް މަޢުލޫމާތު ދީފައިވެއެވެ. ފުލުހުންގެ ފަރާތުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ޚާއްޞަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެންމެހާ ދިވެހިން ޢީދުގެ އުފާ ފާޅުކުރުމަށް މަގުފަހިކޮށްދެއްވުމަކީ ސަރުކާރުން ޚާއްޞަ އަހަންމިއްޔަތުކަމެެއް ދެއްވާކަމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު