Saturday, October 31
މަސް ހިފަން މޫދަށް ފޭބި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ލ. ގަން ކައިރިން މަސް ހިފަން މޫދަށް ފޭބި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ ލ. ގަން ކައިރީ އޮންނަ ފަޅު ރަށެއް ކަމަށްވާ މަހަކަންފުށި ކައިރިއަށް މަސް ހިފަން މޫދަށް ފައިބާ އުޅުނު މީހަކު ގެއްލިފައިވާ މައްސަލަ މިއަދު 09:50 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެމީހާ ހޯދަމުން ދަނިކޮށް، 11:00 ހާއިރު ގެއްލުނު ސަރަހައްދުގެ މޫދުން ފެނިފައިވާ ކަމަށެވެ. އަދި އެމީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު