ންގް ކޮންގް ޕޮލިސް ފޯސް (އެޗްކޭޕީއެފް) އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޖޮއިންޓް އޮޕަރޭޝަނެއްގައި، ބޮޑު ސްކޭމެއް ހިންގި ބަޔަކު ދިވެހި ފުލުހުންނާއި އެހެން 6 ގައުމެއްގެ އެހީގައި އަތުލައިގަނެފިއެވެ.
މި އޮޕަރޭޝަނުގައި ދިވެހިރާއްޖެ، ހޮންގް ކޮންގް، މަކާއޯ، މެލޭޝިއާ، ސިންގަޕޫރު، ސައުތު ކޮރެއާ އަދި ތައިލޭންޑް ބައިވެރިވިއެވެ.
އެޕްރީލް 28 އިން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި 1،858 މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެޗްކޭޕީއެފް އިން ހާމަކުރި ގޮތުގައި މި އޮޕަރޭޝަންގައި އޮންލައިން ޝޮޕިން ސްކޭމް، ޓެލެފޯން އޮޅުވާލުމާއި އިންވެސްޓްމަންޓް ހިޔާނާތާއި ކުލީގެ ހިޔާނާތާއި ވަޒީފާގެ ހިޔާނާތް ފަދަ 9،268 ހިޔާނާތުގެ މައްސަލަ ހިމެނެއެވެ.
މި މައްސަލަތަކާ ގުޅިގެން ޖުމްލަ 32،607 ބޭންކް އެކައުންޓް ފްރީޒްކޮށް، ގާތްގަނޑަކަށް 20 މިލިއަން ޑޮލަރުގެ މަކަރާއި ހީލަތުގެ ފައިސާ އަތުލައިގަނެވިފައިވާކަމަށް އެޗްކޭޕީއެފް އިން ބުނެފައިވެއެވެ. މީގެ އިތުރުން، ސިންގަޕޫރުގެ އެންޓި-ސްކޭމް އޮތޯރިޓީތަކާއި ހޮންގް ކޮންގް ޕޮލިސްގެ ގުޅިގެންވާ މަސައްކަތުން، ސިންގަޕޫރުގެ އެއް ފަރާތަކުން ހޮންގް ކޮންގްގެ ބޭންކް އެކައުންޓުތަކަކަށް ޓްރާންސްފާކުރި 500,000 ޑޮލަރާ ގާތްކުރާ އަދަދެއްގެ ފައިސާ ވަނީ ހުއްޓުވާލެވިފައެވެ.
ކޮމާޝަލް ކްރައިމް ބިއުރޯގެ ޗީފް ސުޕްރިންޓެންޑެންޓް ވޮންގް ޗުން ޔޫ ވިދާޅުވީ، ސްކޭމް ކުރުމުގައި އެކި ސަރަހައްދުތަކުގައި އެއްވައްތަރެއްގެ އުކުޅުތަކެއް ގެންގުޅޭކަން މި އޮޕަރޭޝަންގެ ތެރެއިން ފާހަގަވެފައިވާ ކަމަށެވެ. އަދި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ސްކޭމްތައް ހުއްޓުވުމަށް ގައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އެޗްކޭޕީއެފްއިން ފާހަގަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން