މޫސުމާބެހޭ އިދާރާ، މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގެ މޫސުން ބަލާ ހަވަނަ އޮބްޒަވޭޓަރީ ނ. މާފަރުގައި ޤާއިމުކުރުމަށް ނިންމައިފިއެވެ.
މިއީ ޔުނައިޓެޑް ނޭޝަންސް މަލްޓިޕާޓީ ޓްރަސްޓް ފަންޑް (ޔޫއެންއެމްޕީޓީއެފް) އާއި ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) ގުޅިގެން އުފައްދާފައިވާ ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީގެ ދަށުން ހިންގޭ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން، ރާއްޖޭގެ މޫސުމާ ބެހޭ ބައެއް އޮބްޒަވޭޝަން ސްޓޭޝަންތައް ގްލޯބަލް ބޭސިކް އޮބްޒަވޭޝަން ނެޓްވޯކްގެ ފެންވަރަށް އަޕްގްރޭޑް ކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިއަދު މަސައްކަތު ބައްދަލުވުމެއް ބޭއްވިފައިވާކަމަށް މެޓް އޮފީހުން ވަނީ މަޢުލޫމާތު ދީފައެވެ.
https://twitter.com/MetMaldives/status/1929862318353199434?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1929862318353199434%7Ctwgr%5Ebb10b23056ec63e678f24e81501e27ca9416732c%7Ctwcon%5Es1_&ref_url=https%3A%2F%2Fmihaaru.com%2Fnews%2F146158
މިހާރު ރާއްޖޭގެ މޫސުން ބަލާ އޮބްޒަވޭޓަރީތައް ހުންނަނީ ހުޅުލެ، ހދ. ހަނިމާދޫ، ލ. ކައްދޫ، ގދ. ކާޑެއްދޫ އަދި އައްޑޫ ގަމުގައެވެ. މީގެ އިތުރުން، ރާއްޖޭގެ 20 ރަށެއްގައި އޮޓޯމޭޓެޑް ވެދާ ސްޓޭޝަންތަކާއި، ދިޔަވަރު ބެލުމަށް ހަނިމާދޫ، ހުޅުލެ އަދި އައްޑޫ ގަމުގައި ޓައިޑް ސްޓޭޝަންތައް ޤާއިމުކުރެވިފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން، އައްޑޫ ގަމުގައި ހުންނަ، ވައިގެ މަތީ ފަށަލަތަކުން މޫސުމާ ބެހޭ މަޢުލޫމާތު އެއްކުރާ ނިޒާމު (ރޭޑިއޯސޮންޑޭ) މަރާމާތުކޮށް އަލުން ބޭނުންކުރަން ފެށުމަށްވެސް ހަމަޖެހިފައިވާކަމަށް މެޓް އޮފީހުން ހާމަކޮށްފައިވެއެވެ.






