Saturday, October 31
ރޯޑް ސޭފްޓީ ޕާޓްނަރުންގެ ގޮތުގައި 3 ކުންފުންޏަކާއެކު ސޮއިކޮށްފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން "ރައްކާ ކެމްޕެއިން" ގެ ނަމުގައި ކުރިއަށްގެންދާ ޚާއްސަ ކެމްޕެއިންގެ ރޯޑް ސޭފްޓީ ޕާޓްނަރުންގެ ގޮތުގައި 3 ކުންފުންޏަކާއެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ފުލުހުންގެ މައި އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރީ ދިވެހި ފުލުހުންގެ ޚިދުމަތާއި، އެމްޓީސީސީ، އުރީދޫ މޯލްޑިވްސް އަދި އެލައިޑް އިންޝުއަރެންސްއެވެ. މި އެއްބަސްވުމުގެ ދަށުން، މި ތިން ކުންފުނިން ރައްކާ ކެމްޕެއިންގެ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މިއަހަރު ރައްކާ ކެމްޕެއިންގެ ދަށުން ދެ ޝޯވް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިމަހުގެ 17 އިން ފެށިގެން ށ. އަތޮޅުގައި އަދި އަހަރުގެ ފަހުކޮޅު ގއ. ވިލިނގިލި އަދި އެ އަތޮޅުގައި ރައްކާގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މީގެ އިތުރުން، ޓްރެފިކް މޮނީޓަރސް ޕްރޮގްރާމްތަކާއި، ފަހި ރާސްތާ ޕްރޮގްރާމް، ޓެކްސީ ޑްރައިވަރުންނަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތަކާއި، އެކި ސަރަޙައްދުތަކުގައި ކުދި ރޯޑްޝޯވްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 2014 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި ކެމްޕެއިންގެ ދަށުން މާލެ އާއި އަތޮޅުތަކުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު