Saturday, October 31
ޙައްޖާޖީންގެ ބޭހާއި ވެކްސިން އަދި މެޑިކަލް ޓެސްޓުތައް ހިލޭ ހެދޭނެ އިންތިޒާމު ރައީސް ހަމަޖައްސައި ދެއްވައިފި

ދިވެހި ހައްޖާޖީންނަށް ޖަހަންޖެހޭ ވެކްސިންތަކާއި ޑޮކްޓަރަށް ދެއްކުމަށްފަހު ނަގާ ބޭސް މިއަދުން ފެށިގެން ހިލޭ ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ހަވީރު މައްކާގައި ދިވެހި ހައްޖުވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ތިބެގެންވެސް ހައްޖަށް ދިއުމަށް ބޭނުންވާ މެޑިކަލް ޚިދުމަތްތައް ހިލޭ ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެއެވެ. މީގެ އިތުރުން، ހައްޖަށް ދިއުމަށް ބޭނުންވާ ވެކްސިންތައްވެސް ރަށުގައި ތިބެގެން ހިލޭ ޖެހޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދިވެހި ސަރުކާރުން އެންމެ އިސްކަމެއް ދޭނީ ހައްޖާޖީންގެ ކަންތައްތައް ވީހާވެސް ރަނގަޅަކަށް ފުރިހަމަކޮށް ދިނުމަށް," ރައީސް ވިދާޅުވިއެވެ. "އެހެންކަމުން ދިވެހީން ޙައްޖަށް ފުރާ ހިސާބުން ފެށިގެން އެނބުރި ރާއްޖެ އާދެވެންދެން ހުރިހާ ކަމެއް ވީހާވެސް ފުރިހަމައަށް ކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ."

މިގޮތުން ހައްޖުވެރިންނާ ވަރަށް ގާތުން އިސްލާމިކް މިނިސްޓްރީ އަދި ޙައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، މިއަހަރުގެ ހައްޖު މޫސުމަށް ސައުދީ ސަރުކާރުން ކޮށްދެއްވާފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. ހާއްސަކޮށް މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ދިވެހި ހައްޖާޖީންނަށް ލިބިފައިވާ ލުއިފަސޭހަ އިންތިޒާމުތަކާއި، މިނާގައި ތިބުމުގެ އިންތިޒާމުތައް އަޕްގްރޭޑް ކުރެވިފައިވާކަމަށާއި ދިވެހިންނަށް ހާއްސަ ކްލިނިކެއް ގާއިމުކޮށްދެއްވާފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު