Saturday, October 31
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތަމްރީނު ޕްރޮގްރާމެއް ހިންގަން ނިންމައިފި

އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ތިން މަސްދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ނިންމައިފިއެވެ.

މި ޕްރޮގްރާމަކީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

އެ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ސީވީ އަދި ތައުލީމީ ސެޓްފިކެޓްތައް އެ ވުޒާރާއަށް އީމެއިލް ކުރުމަށް އެދިފައިވާ ކަމަށެވެ.

"ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ގާބިލްކޮށް، އެ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް," މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ވިދާޅުވިއެވެ. "މި ތަމްރީނު ޕްރޮގްރާމަކީ އެ އަމާޒަށް ވާސިލްވުމަށް އަޅުގަނޑުމެން އަޅަމުންދާ އިތުރު ފިޔަވަޅެއް."

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމުގެ އިތުރުން ވެސް އެ ވުޒާރާއިން ގިނަ ގުނަ ތަމްރީނު ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. އަދި އެހެނިހެން ވުޒާރާތަކުން ވެސް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތ ފުރުސަތުތައް ދަނީ ފަހިކޮށްދެމުންނެވެ.

މި ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ވެބްސައިޓަށް ނުވަތަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ޒިޔާރަތްކުރުމަށް އެ ވުޒާރާއިން އިލްތިމާސްކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު