Saturday, October 31
ސަޢުދީ އަމީރު ފަހަދާ ބެހޭ ގޮތުން ސުވާލު ކުރުމަށް ޚާރިޖީ ވަޒީރު މަޖިލިހަށް ހާޒިރު ކުރަނީ

ރާއްޖެއަށް ގެނައި ސަޢުދީ އަމީރު ފަހަދާ ބެހޭ ގޮތުން ސުވާލު ކުރުމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް މަޖިލިހަށް ހާޒިރުކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ހުށަހަޅާފައެވެ. މި ހުށަހެޅުން ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 5 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވި ކަމަށް ބުނާ ސަޢުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ޕްރިންސް ފަހަދް ސަޢުދު އަލްޝަލަންއާ ގުޅޭގޮތުން ސުވާލުތަކެއް އުފެދިފައިވާތީއެވެ.

މި މައްސަލައިގައި މީކާއިލް ވަނީ ތިން ސުވާލެއް ކުރުމަށް ހުށަހަޅާފައެވެ. އެގޮތުން، ޕްރިންސް ފަހަދަކީ ހަގީގަތުގައިވެސް ސަޢުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްތޯ އާއި، އެ ބައްދަލުވުމުގައި ސަޢުދީ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގެންފައިނުވަނީ ކީއްވެގެންތޯ އަދި މި މަޢުލޫމާތު ހަގީގަތާ ޚިލާފުނަމަ، ދިވެހިރާއްޖެއާއި ސަޢުދީ އަރަބިއްޔާއާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް އޭގެ އެއްވެސް ނޭދެވޭ އަސަރެއް ކޮށްފާނެތޯ ސާފުކުރުމަށް ވަނީ ހުށަހަޅާފައެވެ.

މި މައްސަލަ މިހާ ބޮޑަށް ސަމާލުކަން ލިބެމުންދަނީ ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ޚަބަރާއި ފޮޓޯތައް މިހާރު އެ ވެބްސައިޓުން ގެއްލިފައިވާތީއެވެ. މީގެ އިތުރުން، ރާއްޖޭގެ ބައެއް މީޑިއާތަކުން މި ބައްދަލުވުމާ ގުޅޭގޮތުން ސުވާލު އުފައްދާފައިވުމާއެކު، މި މައްސަލައިގެ ހަގީގަތް ހާމަކުރުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދެއެވެ.

މި މައްސަލައިގައި ޚާރިޖީ ވަޒީރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމުން، ރައްޔިތުންނަށް މި މައްސަލައިގެ ތެދު މަޢުލަޢުލޫމާތު ލިބި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް އަސަރުކޮށްފާނެ ކަންކަން ދެނެގަނެވޭނެ ކަމަށް ބެލެވެއެވެ. މަޖިލީހުގެ ކަމާބެހޭ ކޮމިޓީން މި މައްސަލަ ބަލައިގަނެ، ކުރިއަށް އޮތް ދުވަސްތަކުގައި ޚާރިޖީ ވަޒީރު މަޖިލީހަށް ހާޒިރުކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު