Saturday, October 31
މުޅި މާލެ އަށް ކަރަންޓު ދީފި

މިއަދު މެންދުރު މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ފަހުން، މާލެ އާއި ހުޅުމާލޭގެ ގިނަ ސަރަހައްދުތަކަށް ކަރަންޓް އަނބުރާ ދެވިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ ކަރަންޓު ދެވިފައި ކަމަށެވެ. އަދި ހުޅުމާލޭގެ ރުއްގަނޑު 1 ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރު ފިޔަވައި އެހެން ހުރިހާ ޓްރާންސްފޯމަރެއް ވަނީ އެނަރޖައިޒް ކުރެވިފައި ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

https://twitter.com/HussainFahmy09/status/1929172761559302588

ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ، ރުއްގަނޑު 1 ސަރަހައްދު ފިޔަވައި އެހެން އެއްވެސް ސަރަހައްދެއްގައި ކަރަންޓުގެ ޚިދުމަތް ނުލިބޭ ކަސްޓަމަރެއް ހުރިނަމަ އެ ކުންފުނީގެ އެމަރޖެންސީ ނަންބަރު 104 އަށް ގުޅުމަށެވެ. އަދި ކަރަންޓް ކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.

މިއަދު މެންދުރު މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ ހުރިހާ ޖެނެރޭޓަރެއް ނިވިގެން ކަމަށް ސްޓެލްކޯއިން ޯއިން ބުނެފައިވެއެވެ. މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވަނީ އަންގަވާފައެވެ. އަދި މި މައްސަލަ ތަޙުޤީޤު ކުރަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު ވަނީ ފަށައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު