Saturday, October 31
މައުރަޒަށް ދެލައްކައާ ގާތް ކުރާ އަދަދަކަށް މީހުން ޒިޔާރަތް ކޮށްފި

އިއްޔެ ނިމިގެން ދިޔަ "ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު 2025" އަށް ދެލައްކައާ ގާތްކުރާ އަދަދަކަށް މީހުން ޒިޔާރަތްކޮށްފިއެވެ. މި މައުރަޒަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަގްސަދުގައި ބޭއްވުނު މައުރަޒެކެވެ.

އިގްތިސާދީ ތަރައްގީއާއި ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓާ ކޯ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެން ކުރިއަށް ގެންދިޔަ މި މައުރަޒު ބޭއްވުނީ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަނުގެ (ބީސީސީ) އިން ބުނީ މި މައުރަޒު ވަރަށް ކާމިޔާބު ކަމަށާއި، މައުރަޒަށް ދެ ލައްކައާ ގާތަކުރާ އަދަދަކަށް މީހުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

އަދި މިއަދަދަކީ ސަރުކާރުން އުއްމީދު ކުރި އަދަދަށްވުރެ މަތީ އަދަދެއް ކަމަށްވެސް ހާމަކުރިއެވެ.

މި މައުރަޒުގައި ދިވެހިންގެ ގިނަ އުފެއްދުންތަކެއް ދައްކާލެވުނެވެ. އަދި މީގެ އިތުރުން އެ ސަރަހައްދުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.

އިގްތިސާދީ ތަރައްގީއާއި، ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި މި މައުރަޒަކީ ރައީސްގެ ތަސައްވުރެއްގައި ކުލަ ޖެހުނު ކަމެކެވެ. މި މައުރަޒުން ރާއްޖޭގެ އުފެއްދުންތެރިކަމާއި ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ވަޒީރު އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު