Saturday, October 31
އިރުއޮއްސުމުގެ ކުރިން ހުރިހާ ސަރަހައްދަކަށް އެއްކޮށް ކަރަންޓު ދޭނެ: ސްޓެލްކޯ

މިއަދު މެންދުރު މާލެ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ފަހުން، ކަރަންޓު ނުދެވި ހުރި ގެތަކަށް އިރުއޮއްސުމުގެ ކުރިން ނޫނީ ގަޑިއެއް ހާއިރު ތެރޭ ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފި އެވެ.

ސްޓެލްކޯއިން ނޫސްވެރިންނާ ބައްދަލުކޮށް މައުލޫމާތުދެމުން ބުނީ، މާލޭގެ ބޮޑު ބަޔަކަށް މިހާރު ކަރަންޓު ދެވިފައިވާ ކަމަށާއި ނުދެވި ހުރި ސަރަހައްދުތަކަށް ވެސް އަވަހަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ކަރަންޓު ކެނޑުނީ ހުރިހާ ޖެނެރޭޓަރެއް ނިވިގެން ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ކަރަންޓު ކެނޑެން ދިމާވި ސީދާ ސަބަބެއް ހާމަނުކުރި ނަމަވެސް، މާ ބޮޑު މައްސަލައެއް ދިމާނުވާ ކަމަށާއި އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ފަދަ ކަމެއް ތަކުރާރުނުވާނެކަން ޔަގީންކުރާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން އަންގަވާފައެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު ވަނީ މި މައްސަލަ ތަޙްޤީޤުކުރަން ފަށާފައެވެ.

މާލެ ސަރަހައްދުން ކަރަންޓު ކެނޑުމާ ގުޅިގެން ވަރަށް ގިނަ ޚިދުމަތްތަކެއް ވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ސްޓެލްކޯއިން ރައްޔިތުންނަށް ގޮވާލާފައިވަނީ ކެތްތެރިކަމާއެކު ތިބުމަށާއި، ކަރަންޓުގެ ޚިދުމަތް އަވަހަށް އާންމު ހާލަތަށް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު