Saturday, October 31
ފައިނަލް ރިޕޯޓު ދެ ހަފުތާ ތެރޭގައި ރައީސަށް އެރުވޭނެ: އިންކުއަރީ ކޮމިޝަން

އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހްގީގު ކުރިއަށް ގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސި ކޮމިޝަނުގެ މަސައްކަތުގެ ފައިނަލް ރިޕޯޓް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ރައީސް އަށް އެރުވޭ ވަރުވާނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އިންކުއަރީ ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ކޮމިޝަނުގެ ތަހުގީގު ރިޕޯޓު ދެ ހަފުތާގެ ތެރޭގައި ރައީސަށް އެރުވޭ ވަރުވާނެ ކަމަށެވެ.

ރިޔާސީ ކޮމިޝަނަކީ އިމާރާތެއްގެ މަތިން ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލަން ރައީސް މުއިއްޒު  އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ އުފެއްދެވި ކޮމިޝަނެކެވެ. މި ކޮމިޝަންގައި ފަސް މެމްބަރުން ތިއްބަވައެވެ.

އެމކޮމިޝަނުން މިއަދު ބުނީ ކޮމިޝަންގެ މަސައްކަތް ނިމެން މިހާރު ގާތް ވެފައިވާ ކަމަށެވެ.

ކޮމިޝަން ރައީސް އުފެއްދެވީ އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލި ޒުވާނުންތަކެއް މުޒާހަރާވެސް ކުރިަފަހުންނެވެ.

ކޮމިޝަންގައި ތިއްބަވާ މެމްބަރުންނަކީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި ޑރ. މޫސާ މުރާދާއި ޖަބީން މުހައްމަދާއި އައިމިނަތު އީނާސް އެވެ. ކޮމިޝަންގެ ރައީސަކީ މުނައްވަރެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު