Saturday, October 31
ރާއްޖޭގެ އެކި ހިސާބުތަކަށް މިރޭ ވެސް މޫސުން ގޯސްވާނެ

ރާއްޖޭގެ އެކި ހިސާބުތަކަށް މިރޭ ވެސް މޫސުން ގޯސްވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން މިއަދު އިންޒާރު ދީފިއެވެ. މެޓުން ނެރުނު އެންމެ ފަހުގެ މޫސުމީ ރިޕޯޓުގައި ވަނީ މާދަމާ ހެނދުނު 6:00 އާ ހަމައަށް ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވިއްސާރަވެ، ބައެއް ރަށްރަށަށް ގުގުރުމުގެ ފުރުސަތު އޮތް ކަމަށް ބަޔާންކޮށްފައެވެ.

މެޓުގެ ރިޕޯޓުގައި ވާގޮތުން، ހުޅަނގުދެކުނާއި ހުޅަނގުން އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ލަފާކުރެވެއެވެ.

މީގެ އިތުރުން، މެޓުން ވަނީ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުމުގެ ފުރުސަތު އޮތް ކަމަށް އިންޒާރު ދީފައެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭ އިރު، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސްވާ ދުވަސްވަރަކަށް ވުމާއެކު، ކަނޑުދަތުރުކުރާ ފަރާތްތަކާއި އެއްގަމުގައި ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު