މިގޮތުން ރައީސް ވިދާޅުވީ 1 ޖޫން 2025 އިން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކޮށް، އެ ކަން ތަންފީޒުކުރުމުގައި ދެމެހެޢްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް ދަންނަވާފައިވާނެ ކަމަށެވެ. ރައީސްގެ މި ނިންމެވުމާއެކު ޑޮމެސްޓިކް ކަރަންޓުގެ ޓެރިފް ރޭޓުތަކަށް 20 ލާރިއާއި 1ރ. އާ ދެމެދުގެ ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.1 ޖޫން 2025 އިން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ތިރީގައިވާ ގޮތަށް ކުޑަކޮށް، އެ ކަން ތަންފީޒުކުރުމުގައި ދެމެހެޢްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް ދަންނަވާފައިވާނެ ވާހަކަ ދަންނަވަން. pic.twitter.com/2SsaM6CGOQ
— Dr Mohamed Muizzu (@MMuizzu) May 30, 2025
ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓަށް އަންނާނެ ބަދަލުތައް:
- 0 – 100 ބޭންޑްގެ ރޭޓު 1.50 އިން 1.25 އަށް ކުޑަވާނެ
- 101 – 200 ބޭންޑްގެ ރޭޓު 1.70 އިން 1.50 އަށް ކުޑަވާނެ
- 201 – 300 ބޭންޑްގެ ރޭޓު 2.15 އިން 1.50 އަށް ކުޑަވާނެ
- 301 – 400 ބޭންޑްގެ ރޭޓު 2.50 އިން 1.50 އަށް ކުޑަވާނެ
- 401 – 500 ބޭންޑްގެ ރޭޓު 2.95 އިން 2.66 އަށް ކުޑަވާނެ
- 501 – 600 ބޭންޑްގެ ރޭޓު 3.55 އިން 3.20 އަށް ކުޑަވާނެ
- 600 އިން މަތީގެ ބޭންޑްގެ ރޭޓު 4.25 އިން 3.83 އަށް ކުޑަވާނެ






