Saturday, October 31
ބީއެމްއެލްގެ ޗެއަރޕަރސަން އަދި ބޯޑު މެންބަރުން ޢައްޔަންކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއަރޕަރސަން އަދި ބޯޑު މެންބަރުކަމަށް ބޭފުޅުން ޢައްޔަންކޮށްފިއެވެ.

ބީއެމްއެލް އިން ހާމަކޮށްފައިވާ ގޮތުގައި އެ ބޭންކުގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ޢައްޔަންކޮށްފައިވަނީ އަލްފާޟިލް އަޙްމަދު ޢަލީ ޙަބީބް، ނޫވިލާގެ، ސ. ހިތަދޫ އެވެ.

ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ބޯޑަށް ހުށަހަޅައި އައްޔަންކޮށްފައިވާ ޑިރެކްޓަރުންނަކީ:

1. އަލްފާޟިލް އަޙްމަދު ޢަލީ ޙަބީބް، ނޫވިލާގެ، ސ. ހިތަދޫ

2. އަލްފާޟިލް މުޙައްމަދު ޝަރީފް، މ. ޢިފާޢު، މާލެ

3. އަލްފާޟިލާ ސަޙަރު ވަޙީދު، މ. ވެލާލުގެ، މާލެ

4. އަލްފާޟިލް ޢަލީ ފާރިސް މުޙައްމަދު، ގ. ސިނަމާލެ 3 35-04، މާލެ

5. އަލްފާޟިލް ޢާދިލް މޫސާ، ފެންއާރު، ބ. އޭދަފުށި

6. އަލްފާޟިލް މުޙައްމަދު ޝާހިދު، ހުޅުމާލެ. ފްލެޓްނަންބަރު 90-2-02، މާލެ

7. ޑރ. މަރްޔަމް ސުޒީ އާދަމް، މ. އެމޭޒަން، މާލެ

8. އަލްފާޟިލް މުޙައްމަދު މާއިޒު މުނާޒު، ގ. އަޒާރޯ، މާލެ

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކޮށްފައިވާ 3 ޑިރެކްޓަރުން:

1. އަލްފާޟިލް ޢަބްދުﷲ ނަސީމް، ކަރަންކާވިލާ، ހއ. ފިއްލަދޫ

2. އަލްފާޟިލް ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝިން، މާލެ

3. އަލްފާޟިލް މޫސާ ރަޝީދު، މ. ޤަސީމު، މާލެ

މި ބޭފުޅުން ބީއެމްއެލްގެ ބޯޑަށް ޢައްޔަންކޮށްފައިވަނީ ބުދަ ދުވަހު ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު